ރަސްމީ ދުވަސްތަކުގައި ހެނދުނު ދަންފަޅީގައި 09:30 އިން މެންދުރު 12:30 އަށް، އަދި ރޭގަނޑު ދަންފަޅީގައި 09:30 އިން 11:30 އަށް ކައިވެނިކޮށްދޭނެކަމަށް އެ ކޯޓުން ބުނެފައިވެއެވެ.
ހަފްތާ ބަންދު ދުވަސްތަކުގައި ވެސް ކައިވެނިކޮށްދިނުމުގެ ހިދުމަތް ލިބޭނެއެވެ. ހުކުރު ދުވަހު ރޭގަނޑު 09:30 އިން 11:30 އަށް ހިދުމަތް ދޭއިރު، ހޮނިހިރު ދުވަހު މެންދުރު 01:00 އިން 02:00 އަށް އަދި ރޭގަނޑު 09:30 އިން 11:30 އަށް ކައިވެނިކޮށްދޭނެއެވެ.
ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމުގެ ހިދުމަތްވެސް ރޯދަ މަހު ލިބެން ހުންނާނެއެވެ. މި ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ރޭގަނޑު 09:30 އިން 11:30 އަށް ލިބޭނެކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ.