މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ މިލަދޫ ފާމަސީގެ ދޮރުފަޅާލައި އެތަނުގެ ތިޖޫރީ ނެގިކަމުގެ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެދުނު 9:00 ހާއިރު ކަމަށެވެ.
އަދި ތިޖޫރި ފަޅާލިއިރު ހުންނާނީ 3000 ރުފިޔާ ކަމަށް ހަވާލުވެފައިވާ ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިލަދޫ ފާމަސީ ފަޅާލާފައި ވާއިރު ފަހަކަށް އައިސް ދަނީ އެކި ތަންތަނުގައި ހުންނަ ތިޖޫރީ ފަޅާލައި ވައްކަންތައް ކުރަމުންނެވެ.