މި ގަޑިތައް ހަމަޖެހިފައިވަނީ ރޯދަ މަހުގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހަށްވެސް ކަމަށް އޮފީހުން ބުނިއެވެ. މިއީ ވޭތުވެދިޔަ ދެ އަހަރުވެސް ސަރުކާރު އޮފީސްތަކުގެއި އާމަލުކުރި ގޮތެވެ.
ރައީސް އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި މި ގަޑިތައް މިގޮތަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ މާރިޗު 6 ވަނަ ދުވަހު ނެރުނު ދެންނެވުމަކުންނެވެ. މި ދެންނެވުމުގައިވާ ގޮތުން، ހިޖުރީ 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު މި ގަޑިތަކަށް އަމަލުކުރެވޭނެއެވެ.