ads
ރާއްޖެއިން ހަނދު ފެނޭތޯ ބަލަނީ
ރޯދަ މަހަށް ހަނދު ބެލުން މި މަހުގެ 28 ގައި
ރޯދަ މަހަށް ހަނދު ބެލުން މި މަހުގެ 28 ވަނަ ދުވަހު ކުރިއަށް ގެންދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހާމަކޮށްފިއެވެ.
Advertisement

ޑީޖޭއޭ އިން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، ހަނދު ބެލުމުގެ ކަންކަން ކުރިއަށް ގެންދާނީ މާލޭގައިނަމަ ކޯޓުތަކުގެ ގާޒީންގެ ކުރިމަތީގައެވެ. އަދި އަތޮޅުތެރޭގައިނަމަ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓަކު ނެތް ރަށްރަށުގައި މިކަން ކުރިއަށް ގެންދާނީ ރަށު ކައުންސިލްގެ އިދާރާގެ އިސްވެރިންގެ ކުރިމަތީގައެވެ.

ހަނދު ބެލުމުގެ ކަންކަން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 5:30 އިން ފެށިގެންނެވެ. އަދި ހަނދު ފެންނަ މީހުން ވީ އެންމެ އަވަހަކަށް އެކަން އަންގަން ޖެހޭނެއެވެ. މީގެ އިތުރުން ހަނދު ފެނުނު އުސްމިނާއި މިސްރާބު ފަދަ މުހިންމު މައުލޫމާތުތައް ހިއްސާކުރަން ޖެހޭނެ ކަމަށްވެސް ޑީޖޭއޭ އިން ބުނެފައިވެއެވެ.

ހަނދު ފެނިގެން ހެކިބަސް އަދާކުރަން އަންނަ މީހުންގެ އައިސް ދިއުމުގެ ހަރަދު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަނދާ ގުޅޭ މައްސަލަ ނިމެންދެން ކަމާ ގުޅޭ އިދާރާތައް ހުޅުވިފައި ބަހައްޓާނެ ކަމަށްވެސް ޑީޖޭއޭ އިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް