ads
ހުޅުމާލޭ
އެޗްޑީސީގެ "ރޯދަ ސާފު" ހަރަކާތް މާދަމާ ފަށަނީ
ހައުސިން ޑިވެލޮޕމެންޓް ކޯޕޮރޭޝަން، އެޗްޑީސީގެ ރޯދަ ސާފު ހަރަކާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
Advertisement

މި ފެށޭ ރޯދައަށް ސާފުކުރުމުގެ ގޮތުން "ރޯދަ ސާފު" އަކީ އެޗްޑީސީން ދުނިޔެ މަގޭ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެވެ.

އެޗްޑީސިން ބުނީ މިހަރަަކާތް ފަށާނީ މާދަމާ ހެނދުނު 7:00 ޖަހާއިިރު، ހުޅުމާލޭ ޗެނަލް ޕާކް، ދިރާގު ބީޗް ކައިރިން ކަަމަށެވެ. އެގޮތުން ރޯދަ ސާފު ހަރަކާތް ރޯދައިގެ 1 ވަނަ ދުވަހާ ހަަމައަށް ކުރިއަށް ދާނެކަމަށް އެޗްޑީސީން ބުނެއެވެ. މި މުއްދަތުގައި އެކި ދުވަސްދުވަހު އެކި ސަރަހައްދުތަކަށް ބަހާލައިގެން އެޗްޑީސީގެ ސްޓާފުން ނިކުމެ މަސައްކަތް ކުރާނެ ކަމަށް އެ ކޯޕޮރޭޝަނުން ބުނެއެވެ.

މިއީ އެޗްޑީސީން  2016 އިން ފެށިގެން ކޮންމެ އަހަރެއްގެވެސް ރޯދައާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެޗްޑިސީން ރޯދައަށް ކުރިއަށް ގެންދި ހާއްސަ ހަރަކާތްތަކުގެ ތެރެެއިން " އެއްގެއިން އަނެއް ގެއަށް" ޕްރޮގްރާމް ފާހަގަކޮށްލެވެެ.

މި ފެބްރުއަރީ މަހުގެ 1 އިން ފެށިގެން 16 އާ ހަމައަށް އެޗްޑީސީން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްއަށް ހުޅުމާލޭ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެޗްޑިސީން ފާހަގަކުރެއެވެ.

އެ ޕްރޮގްރާމް މިހާރު ނިމިފައިވާއިރު ، ޕްރޮގްރާމްގެ ތެރެއިން 191 އައިޓަމެއް އެކި ފަރާތްތަކަށް ހަވާލުކުރެވުނު ކަމަށް އެ ކޯޕޮރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް