ވިނަރެސްގެ އަށްވަނަ ޓަވަރުން ވެއްޓިފައި ވަނީ އުމުރުން 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖެކެވެ. ވެއްޓުމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއެވެ.
ފުލުހުން ބުނީ ވެއްޓުނު ޒުވާނާއަށް މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.
ވެއްޓުނު މީހާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން އަދި ވެއްޓުނީ ކިތައްވަނަ ފަންގިފިލާއިން ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.