ads
ދުނިޔޭގެ ސޯޝަލް ޖަސްޓިސް ދުވަސް
ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށް ސަރުކާރުން އާ ސިޔާސަތުތަކެއް އެކުލަވާލައިފި
ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށް ސަރުކާރުން ގިނަ ސިޔާސަތުތަކެއް އެކުލަވާލައިފިއެވެ.
Advertisement

މިކަން ރައީސް މުއިއްޒު ހާމަކުރެއްވީ ބައިނަލްއަގުވާމީ އިޖުތިމާއީ އަދާލަތުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ފުރަތަމަ އިކޯ-ސިޓީއަށް ވެގެންދާނެއެވެ. އަދި މި މަޝްރޫއުގެ ތެރެއިން ގެދޮރުވެރިކަމާއި އިގްތިސާދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތަކެއް ގެންގުޅޭނެއެވެ.

ސަރުކާރުން އެކުލަވާލާފައިވާ އެނަރޖީ ރޯޑްމެޕް 2024-2033 ގައި ލޯ-ކާބަން އިކޮނޮމީއަކަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކުގައި އެންމެން ޝާމިލުކޮށް، އެންމެންނަށް މަންފާ ލިބޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ.

އިގްތިސާދީ، އިޖުތިމާއީ، ތައުލީމީ، މަސައްކަތްތެރިކަން އަދި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކުގައި މިންތީގެ ހަމަހަމަކަމާއި އިޖުތިމާއީ ބައިވެރިވުން ކަށަވަރުކުރުމަށް އިސްކަންދެވިފައިވެއެވެ. މީގެ ތެރޭގައި އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޒުވާނުންނާއި، އިސްވަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދެވިފައިވެއެވެ.

ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށްޓަކައި ޒަމާނީ ފަންނިއްޔާތުގެ އެހީގައި ސްމާޓް އަދި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރުމަށް މުޖުތަމައަށް ޑިޖިޓަލް ބަދަލެއް ގެނައުމަށްވެސް ސަރުކާރުން ރާވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް