އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި ރޯވެ އަނދާ ހުުލިވެއްޖެއެވެ.

Advertisement
ރޭ ފަތިހުގެ ވަގުތެއްގައި އަލިފާން ރޯވީ އައްޑޫ ސިޓީ ހިތަދޫގައި "ގާލެންޑް" ނަމަކަށް ކިޔާ ގޭގައެވެ. މީހުން ދިރިއުޚޭ މިގޭގައި ރޯވެ އަނދާހުލިވި ނަމަވެސް އެއްބެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފް ބުނީ އެ އިދާރާގެ ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނަށް މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 05:11 ހާއިރުކަމަށެވެ. އަދި ހަމަ އެވަގުތު އެ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިކަމަށް އެމްއެންޑިއެފުން ބުނެއެވެ.
ފަޔާ ފައިޓަރުން ކުރި މަސައްކަތުން، އެ ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 08:05 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.