ads
އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް
ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

އެންސިސްއާ ޗައިނާގެ ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހްމަދު ބައިވެރިވެ ވަޑައިގަތެވެ.

އެންސިސް ފިޝަރީޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަފީފްއެވެ. އަދި ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ލިން ޔުޗެންޖްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފެންނަމުން މިދަނީ ދިވެހީންގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ފަސޭހަކަމާއިއެކު ޖާގަލިބި ލުއިގޮތްތައް ހޯއްދަވައިދެއްވުމުގައި ރައީސް ޑރ މުޢިއްޒު އަޅުއްވަމުން ގެންދަވާ އަވަސް ފިޔަވަޅުޔަކުގެ ނަތީޖާކަމަށެވެ. 

your imageއެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން 

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ރުހުންދިނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. 

އެހެންނަމަވެސް މިިދިޔަ ވެރިކަމުގައި އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެއް ނުވެއެވެ. ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރަން ފެށީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ބަދަލުވެ މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.  

ރާއްޖެއިން ޗައިނާއާއި އެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެއް ބިލިއަން ޑޮލަރުގެ ވިޔަފާރިކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން 91 އިންސައްތަ މުދަލުން ޑިއުޓި ނުގާނެކަމަށް އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. 

އަދި މި އެއްބަސްވުމުގެ ދަށުން ޗައިނާ ގަންނަ އެއްޗިއްސަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިންކަން ފާހަގަކުރައްވަމުން ވަޒީރު ސައީދު ވިދާޅުވީ މިކަމުން ދިވެހި ވިޔަފާރިތަކަށްް ބޮޑަތަނުން ލުއިވެ ފަސޭހަތައް ލިބިގެންދާނެކަމަށެވެ. އަދި މި ކަމުގައި ސަބަބުން ރާއްޖޭގެ އޮތް ޑޮލަރުގެ ތާށިކަމަށްް ހައްލު ލިބިގެންދާނެކަމަށްވެސް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް