
އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 9ވާ އާދިއްތަ ދުވަހުގެ ރޭ 9:30 ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ މައި އޮފީސް އިމާރާތުގަ އެވެ.
އުރީދޫ މޯލްޑިވްސްއިން ވިދާޅުވީ، އެ ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހާޒިރުވެ ބައިވެރިވެވޭނީ 50 ހިއްސާދާރުންނަށްކަމަށެވެ. އަދި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނޭކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މޯލްޑިވްސް ސެކިއުރެޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޑީއެމްއެސްޑީގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓު" މެދުވެރިކޮށް ބައިވެރިވުމުގެ މައުލޫމާތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 6 ގެ ކުރިން އަންގާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
މި ޖަލްސާގެ އެޖެންޑާ އައިޓަމްތަކަށް ވޯޓުލާއިރު އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ލިބޭނެ އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނީގެ ހެޑް އޮފީހަށް ހާޒިރުވެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން (ޕްރީ-ރަޖިސްޓާ ކޮށްފައިވާ ފަރާތްތައްވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 8.45 އާއި 9.30އާ ދެމެދު ހެޑް އޮފީހަށް ހާޒިރުވެ ރަޖިސްޓާ ކުރަންޖެހޭނެ ކަމަށެވެ.
އޭޖީއެމްގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން ޖަލްސާގައި ބައިވެރިވާން ބޭނުންވާނަމަ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށް ރަޖިސްޓަރުކުރުމަށް އުރީދޫއިން ވަނީ އެދިފަ އެެވެ.
އުރީދޫގެ އޭޖީއެމްއާ ގުޅޭ މައުލޫމާތުތައް އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ އެވެ.