ads
މާލޭގައި ޕާކުކޮށްފައި ހުރި ސައުކަލުތަކެއް:
ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއެއްގެ ޑްރަގްސް
މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއެއް ޑްރަގްސް ފުލުހުން ނަގައިފިއެވެ.
Advertisement

ފުލުހުން ބުނީ މި ތަކެތި ފެނިފައިވަނީ މާލޭގެ މަގެއްގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުގައި މަސްތުވާތަކެތި ހުރިކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. 

މިދިޔަ ބުދަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ސައިކަލު މަޑިދަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 1 ކިލޯއަށްވުރެ ގިނަ އެއްޗެހި ފެނިފައިވާކަަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް މި ކަމާއި ގުޅޭ ތަފްސީލުތަކެއް ފުލުހުން އަދި އާއްމެއް ނުކުރެއެވެ. 

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މަސްތުވާތަކެތި ފެނުނު ސައިކަލު ޓޯކޮށްފައިވާކަމަށެވެ. އަދި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

ފަހަކަށް އައިސް އަތުލައިގަންނަ މަސްތުވާތަކެތީގެ މައްސަލަތައް ވަނީ ގިނަމިދިޔަ ބުރާސްފަތި ދުވަހު ޓެކްސީން ހައްޔަރު ކުރި އަންހެނެއްގެ އަތުން 14 ކިލޯގެ ޑްރަގްސް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް