ads
މަސްދަޅު ކޭސް ބަލާ ނުކުތް މީހުން. ކޮންމެ މަރުކަޒެއްގައި ވަނީ ދިގު ކިއު ހަދާފައި
މަސްދަޅު ކޭސް ދޫކުރަން ޓޯކަން ނިޒާމެއް ތަޢާރަފުކޮށްފި
މާލެ ސަރަހައްދުގައި ރޯދަ މަހުގެ މަސްދަޅު ކޭސް ދޫކުރުމަށް ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީން ޓޯކަން ނިޒާމެއް ތަޢާރަފުކޮށްފި އެވެ.
Advertisement

މި ނިޒާމުގެ ދަށުން މަސްދަޅު ކޭސް ނެގުމަށް އޮންލައިންކޮށް ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.

މިނިސްޓްރީން ބުނީ ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން އެ ރެޔެއްގައި އެ މަރުކަޒަކުން މަސްދަޅު ކޭސް ލިބޭނެ ކަމަށެވެ. މި ނިޒާމުގެ ސަބަބުން މީހުން ގިނަ ވަގުތު ކިޔޫގައި ހޭދަކުރަން ނުޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް 13 ތަނެއް ހަމަޖައްސާފައިވާއިރު، އެކަކަށް އެންމެ ގިނަވެގެން ދޫކުރާނީ ތިން މަސްދަޅު ކޭހެވެ. މީގެ ތެރޭގައި މިފްކޯ ކޮމްޕްލެކްސްއާއި، އެމްޓީސީސީ ސޯމިލްގައި ދުވާލަކު 200 ޓޯކަން ދޫކުރާނެ އެވެ.

މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމާއެކު މަސްދަޅު ކޭސް ދޫކުރަނީ ރޭގަނޑު އަށް ގަޑިން 12 އަށެވެ. މި ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށި ފުރަތަމަ ރޭ އެކަނިވެސް 9،394 ކޭސް މަސްދަޅު ދޫކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް