
"އުރީދޫ ނޭޝަން ގޭމާސް ލޭންޑް: ދަ އަލްޓިމޭޓް ގޭމިން ފެސްޓިވަލް" ކުލަގަދަ ހަފްލާއަކާއެކު ނިންމާލީ، ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކާއި އީސްޕޯޓްސް އެތުލީޓުން އެއްތަނަކަށް ގެނެސް ފޯރިއާއެކުކަމަށް އުރީދޫއިން ބުނެއެވެ.
ރޭ މާލޭގެ އުސްފަސްގަންޑުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް، ހެލްތް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދު الله ރަފީއުއެވެ.
އުރީދޫގެގެ ފެސްޓިވަލް ފެށުނީ ވައިބްރަންޓް ކޮސްޕްލޭ ސެގްމެންޓަކުންނެވެ. އެގޮތުން މި ފެސްޓިވަލްގައި ހުނަރުވެރި ބައިވެރިން ވަނީ އައިކޮނިކް ގޭމިން އާއި އެނިމޭ ކެރެކްޓާތައް ދިރުވައި އެ މީހުންގެ އުފެއްދުންތެރިކަން ދައްކާލާފަ އެވެ. އަދި އެންމެ މޮޅު ކޮސްޕްލޭޔަރުން ފާހަގަކޮށް އުރީދޫއިން ވަނީ އެފަރާތްތަކަށް އެވޯޑު ދީފައެވެ.
ފޮޓޯ: އުރީދޫ
ރޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އަލްޓިމޭޓް ޕްލޭޔާ އިއުލާނުކޮށް، އަހަރުގެ އެންމެ މޮޅު ކުޅުންތެރިންގެ އަގު ވަޒަންކުރެވިގެންދިޔައެވެ. ވަރުގަދަ ވާދަވެރިކަމަކަށްފަހު ހައިޝަމް ވަހީދު ވަނީ "އަލްޓިމޭޓް ޕްލޭޔަ"ގެ ޝަރަފުވެރި ލަގަބާއި ތަށި ހޯދާފައެވެ. އަދި އުރީދޫއިން ހައިޝަމްއަށް ވަނީ 30،000 ރުފިޔާ ހަދިޔާކޮށްފައެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވަނީ ރާއްޖޭގައި އީސްޕޯޓްސް އާއި ގޭމިން ސަގާފަތް ކުރިއެރުވުމުގައި އުރީދޫ ނޭޝަން އިން އަދާކުރަމުން އަންނަ ދައުރަށް ތައުރީފް ކުރައްވާފައެވެ.
ފޮޓޯ: އުރީދޫ
އެކި ކުޅިވަރުތަކުން ވަނަވަނައަށް އައި ފަރާތްތަކާއި ލިބުނު އިނާމު:
ޕަބްޖީ މޮބަިއިލް: ޗެމްޕިއަން ކަަން ލިބުނު އެސްޑީއެމްޒެޑް އީސްޕޯޓްސް އަށް 50،000 ރުފިޔާ، 2ވަަނަ ލިބުނު އަކަޒަޔާ އީސް÷ޯޓްސް އަށް 20،000 ރުފިޔާ،3 ވަނަ ލިބުން އެލްއެފް ސަކައި ފޯސްއަށް15،000 ރުފިޔާ. އަދި 5000 ރުފިޔާއާއެކު އެމްވީޕީ ލިބުނީ އެސްޑީއެމް ޒައިއްޓޭއަށެވެ.
މޮބައިލް ލެޖެންޑްސް ބޭންގް ބޭންޖް: ޗެމްޕިއަންކަން ލިބުނު އެލްއެންއެން ސްލީޕިން އަށް20،000 ރުފިޔާ، 2 ވަނައަށް ދިޔަ ވިގަނި އަށް 15،000 ރުފިޔާ ، 3 ވަނަ ލިބުނު އެލްއެންއެން އެސްއެލްއެފްއޯ ޕައިލެޓްސްއަށް 10،000 ރުފިޔާ . އަދި ރީޕާ މާލް އަށް 5000 ރުފިޔާއާ އެކު ވަނީ ޖޭމްގެ އެމްވީޕީކަން ލިބިފައެވެ.
އީއޭއެފްސީ: ޗެމްޕިއަން ކަން ޒަމީލް ޒިހުނީއަށް 20،000 ރުފިޔާ، 15000 ރުފިޔާއާއެކު2 ވަނަ ޖަނާން މުހައްމަދު އަށް، 10،000 ރުފިޔާއާއެކު 3 ވަނައަށް މުހައްމަދު އައިމަންއަށް، 62 ގޯލާއެކު ޓޮޕް ސްކޯރާގެ މަގާމުވެސ ްވަނީ ޒަމީލް ޒިހުނީއަށް ލިބިފައެވެ. އުރީދީއިން ވަނީ 5000 ރުފިޔާ ހަދިޔާކޮށްފައެވެ.
ކޮސްޕްލޭ ކޮމްޕެޓިޝަން: 5000 ރުފިޔާއާއެކު 1 ވަނަ އަށް އައިޝަތު ހުމެއިޝާ ބިންތި ޔޫސުފް، 2ވަނައަށް ދިޔަ މަރިޔަމް އަރީން ޝަހީދު އަށް 3000 ރުފިޔާ އަދި 2000 ރުފިޔާގެ އިނާމާއެކު 3 ވަނަ އަށް މުހައްމަދު އަމީރު އާމިރު އަށް.
އުރީދޫ މޯލްޑިވްސް އަކީ އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވައި، ޑިޖިޓަލް ޒަމާނުގައި ކުޅުންތެރިންނަށް ވާދަކޮށް، ގުޅާލައި، ކުރިއެރުމުގެ ފުރުސަތު ތައް ފަހިކޮށްދިނުމުގައި ދެމިއޮންނާނެ ކުންފުންޏެއއް ކަމުގައި އެކުންފުނިން ބުނެއެވެ.