ads
އުމުރުން 18 އަހަރުގެ މުހައްމަދު އިލްމު. އޭނާ އަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި
އައްޑޫގައި އެކްސިޑެންޓްވި ޒުވާނާ އޮތީ ވެންޓިލޭޓަރުގައި
އައްޑޫ ހުޅުމީދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ޒަހަމްވި ޒުވާނާ މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
Advertisement

އިއްޔެ ހިންގި އެކްސިޑެންޓްގައި އަނިޔާވެ ފަރުވާދެމުން އަންނަނީ އުމުރުން 18 އަހަރުގެ މުހައްމަދު އިލްމުއެވެ. އޭނާއަކީ މަރަދޫފޭދޫއަށް ނިސްބަތްވާ ޒުވާނެކެވެ. 

އިއްޔެގެ އެކްސިޑެންޓަށް ފަހު އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް ހާލު ސީރިއަސް ވުމުން އިތުރު ފަރުވާ އިއްޔެގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ވަނީ ފަރުވާދޭން ފަށާފައެވެ. 

މި ޒުވާނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެންކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި މުހައްމަދު އިލްމު އެކްސިޑެންޓްވީ އައްޑޫ ސިޓގައި އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން އިސް ނަގައިގެން ހުޅުދޫގައި ފެށި އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕަށް ފަރިތަކުރަމުން ދަނިކޮށެވެ. .

އެކްސިޑެންޓުވީ މުބާރާތަށް ފަރިތަކުރަމުން ދަނިކޮށް އޭނާ ދުއްވި ސައިކަލު ކޮންޓްރޯލް ނުވެ، ހަދަން ފަށާފައި ހުރި ގެއެއްގެ ތަނބެއްގައި ޖެހިގެންކަމަށް އެނގިފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް