ads
3 ކިލޯގެ ޑްރަގު އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހާ
ކުރިއާ ސާވިސް މެދުވެރިކޮށް 3 ކިލޯގެ ޑްރަގު އެތެރެކުރި މީހާ ހައްޔަރުކޮށްފި
ކުރިއާ ސާވިސް މެދުވެރިކޮށް 3 ކިލޯގެ ޑްރަގު އެތެރެކުރި މީހާ ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މި މިހާ ހައްޔަރުކޮށްފައިވަނީ ކުރިއާ ސާވިސް މެދުވެރިކޮށް ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައިކަމަށެވެ.

މި މަހުގެ 24 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ / ދޫރަފިޝް، ހަސަން ޝަމްއާން (30އ) އެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފަ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް