ads
ކޭޕާކްގެ އިންވެސްޓަރު ޖިން ޝިހޫ އަދި މަންޑޭ
ކޭޕާކް އެޕާޓްމަންޓް މައްސަލަ: ބޮޑު ބަދަލެއް ނަގައިދީފި
ހުޅުމާލޭގައި އިމާރާތްކުރާ "ކޭ ޕާކް ރެސިޑެންސް" އިން އެޕާޓްމަންޓެއް ގަތް މީހަކަށް އެއްބަސްވި މުއްދަތުގައި އެ ތަން ހަވާލުނުކުރި މައްސަލައިގައި، ބަދަލުގެ ގޮތުގައި 1.05 މިލިއަން ރުފިޔާ އަދި އެޕާޓްމަންޓް ހަވާލުކުރަންދެން މަހަކު 25،000 ރުފިޔާ ދެއްކުމަށް ހަންބޯ ކޮމްޕެނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

ސިވިލް ކޯޓުން މި ގޮތަށް ހުކުމްކުރީ ނ. ހޮޅުދޫ އާމިނަތު ވަދީފާގެ ފަރާތުން ހުށަހެޅި މައްސަލައިގައެވެ. ކޯޓުން ދިން މުއްދަތުގައި ހަންބޯ ކުންފުނިން ޖަވާބުދާރީވެފައި ނުވާތީ، މިއީ އެ ކުންފުނީގެ ގައިރު ހާޒިރުގައި ނިންމި މައްސަލައެކެވެ.

ވަދީފާއާއި ހަންބޯ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން 2022 ޑިސެމްބަރުގެ ނިޔަލަށް އެޕާޓްމަންޓް ހަވާލުކުރަން ޖެހުނު ނަމަވެސް، އެ މުއްދަތުގައި ހަވާލުކޮށްފައެއް ނުވެއެވެ. އެއްބަސްވުމުގައިވާ ގޮތުން އެޕާޓްމަންޓް ހަވާލުކުރުން ލަސްވާ ކޮންމެ މަހަކަށް 25،000 ރުފިޔާ ދައްކަންޖެހޭއިރު، މައްސަލަ ހުށަހެޅުމާ ހަމައަށް ހިނގި 42 މަސްދުވަހަށް 1،050،000 ރުފިޔާ ވަނީ އަރާފައެވެ.

ގާޒީ ޒުލައިހާ ޝީޒާ އިއްވެވި މި ހުކުމުގައި، ގެއްލުމުގެ ބަދަލާއި ޝަރީއަތުގެ ހަރަދަށްވާ 10،000 ރުފިޔާއާއެކު ޖުމްލަ 1،060،000 ރުފިޔާ ކޯޓަށް ދައްކައި ހަލާސްކުރުމަށް ހަންބޯ ކުންފުންޏަށް ވަނީ އަންގާފައެވެ. އަދި ވަދީފާއާ އެޕާޓްމަންޓް ހަވާލުކުރެވެންދެން މަހަކު 25،000 ރުފިޔާގެ މަގުން އޭނާއަށް ދައްކަމުން ގެންދިއުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް