
މިއަހަރުގެ އޮސްކާގެ ނޮމިނޭޝަންތައް އިއުލާންކުރީ މިދިޔަ މަހުގެ 23 ގައެވެ. ޖުމްލަ 23 ކެޓަގަރީއަކުން އެވޯޑްދޭ މިފަހަރުގެ އޮސްކޯ އެވޯޑް ނައިޓް އޮންނާނި އަންނަ މަހުގެ 2 ވަނަދުވަހުއެވެ. އެހެންނަމަވެސް ރާއްޖެއަށް އެވޯޑް ހަފްލާ ފެންނާނީ 3 ވަނަދުވަހުގެ ފަތިހު 05:00 އިން ހެނދުނު 08:00 އަށެވެ.
އޮސްކޯގެ މި ފަހަރުގެ އިނާމުތަކުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވަނީ ހިމަނާފައެވެ. އެގޮތުން ރާއްޖޭގެ ދެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުން އިނާމުގެ ތެރޭގައި ވަނީ ހިމަނާފައެވެ. އެއީ "ޖޯލި ބީން" އާއި "ޖޯލި މޯލްޑިވްސް" ގައެވެ. ހަތަރު ދުވަހުގެ ރިސޯޓް މި ޕެކޭޖްގެ އަގަކީ 16،000 ޑޮލަރެވެ.
އެކަޑަމީ އޮފް މޯޝަން ޕިކްޗަ އާޓްސް އެންޑް ސައިންސަސް އިން ބާއްވަމުން އަންނަ އޮސްކާ އެވޯޑް ދޭން ފެށީ 1929 ވަނަ އަހަރުއެވެ. މި އަހަރު ބާއްވާނީ މި އެވޯޑްގެ 97 ހަފްލާއެވެ.