ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް - ފޮޓޯ/މަޖިލީހުގެ އިދާރާ
މަޖިލިހުގެ ނައިބު ރައީސް ހޮވުމުގެ ޖަލްސާ މާދަމާ އަށް ފަސްކޮށްފި
މަޖިލީހުގެ އާ ނައިބު ރައީސަކު އިންތިޚާބުކުރަން ބާއްވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި އެވެ.
Advertisement

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އަހުމަދު ނާޒިމް އިސްތިއުފާދެއްވިކަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާންކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިތުރު ޖަލްސާއެއް މިއަދު މެންދުރު 13:00ގައި ބާއްވާނެކަން އިއުލާން ކުރައްވާފަ އެވެ.

ނަމަވެސް މަޖިލީހުގެ އިދާރާއިން މީގެ ކުޑައިރުކޮޅެއް ކުރިންވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާކަން ހާމަކުރައްވާފަ އެވެ.

ނާޒިމް އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނު 9:00އަށް ތާވަލްކޮށްފައިވާ ޖަލްސާ ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.

ވެރިކަން ކުރާ ޕީއެންސީން ނާޒިމް ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އޭނާ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;