ads
ރިޔާސީ ބަޔާނަށް އިދިކޮޅު އެމްޑީޕީން ޖަވާބުދާރީވަނީ
މީ މިހާތަނަށް ހުށައެޅި އޮޅުވާލުން ގިނަ ރިޔާސީ ބަޔާނެއް: ނާޒިލް
މީ މިހާތަނަށް ރައްޔިތުން މަޖިލިހަށް ހުށައެޅުނު އެންމެ އޮޅުވާލުން ބޮޑު ރިޔާސީ ބަޔާންކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
Advertisement

އެމްޑީޕީން މިހެން ބުނެފައިވަނީ މިއަހަރަށް ރައްޔިތުން މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށައެޅުއްވި ރިޔާސީ ބަޔާނަށް ޖަވާބުދެމުންނެވެ. 

ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން އިދިކޮޅު އެމްޑީޕީގެ ޕާލިމްންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މީ ރައްޔިތުންގެ ހާލަތާއި ގުޅޭ އެއްވެސް ވާހަކައެއް ނެތް ރިޔާސީ ބަޔާނެއްކަމަށެވެ. 

ނާޒިލް ވިދާޅުވީ މި ސަރުކާރުން އެއްއަހަރުގެ ތެރޭގައި 20 ބިލިއަން ރުފިޔާގެ ދަރަނިވެރިވެފައިވާކަމަށާއި އެ ފައިސާ ހޭދަކުރި ގޮތުގެ އެއްވެސް ތަފްސީލެއް ދީފައި ނުވާކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ނެތްކަމަށް ނާޒިލް ވިދާޅުވިއެވެ. 

ދިވެހި ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައިކަމަށާއި މި ހާސްކަން ފިލުވާނެ ގޮތެއް އިގްތިސާދު ހިންގާނެ ގޮތެއް، އާމްދަނީ އިތުރުކުރާނެ ގޮތެއް އަދި ދަރަނި ކުޑަކުރާނެ ގޮތާއި ވިޔަފާރީތައް ކުރި އަރުވާނެ ގޮތެއް މި ރިޔާސީ ބަޔާނުގައި ނެތްކަމަށެވެ. 

" ތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ، ދިރިއުޅުމުގެ އަގު އުފުލިއްޖެ، ރައްޔިތުން ބިކަވެއްޖެ، ވިޔަފާރު ހަރުގަނޑުތައް ހުސްވާން ފަށައިފި، ވިޔަފާރި ގެތެކުގައި ބަންދު ބޯޑު އަޅުވާން ފަށައިފި.." ރިޔާސީ ބަޔާނަށް ޖަބާބު ދެއްވަމުން ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ރައީސް މުއިއްޒުި އއްވެވި ރިޔާސީ ބަޔާނާގައުމުގެ އަދުގެ ހާލަތާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. އަދި މި ރިޔާދސީ ބަޔާނުން ރައްޔިތުން އިތުރަށް މާޔޫސްވެއްޖެކަމަށްވެސް ނާޒިލް ވިދާޅުވިއެވެ. 

" މި އަހަރުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް އިއްވުނު އެންމެ އޮޅުވާލުން ގިނަ ރިޔާސީ ބަޔާން." ނާޒިލް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި މުހިއްމު ކަންތައްތަކެއް އުނިކޮށް އެކަންކަމާއި ގުޅޭ ވާހަކަތައް ދައްކާފައި ނުވާކަމަށްވެސް އިދިކޮޅު އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދޭން ފެށުމުން ސަރުކާރު ތާއީދުކުރާ މެމްބަރުން ގެންދެވީ މަޖިލީހުގައި އަޑުގަދަކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް