ads
ރައީސް ނަޝީދު ޑިމޮކްރެޓްސްގެ މެންބަރުންނާއި އެކު
ސުޕްރީމް ކޯޓު ބެންޗު ކުޑަކުރުމަށް ހުށަހެޅި ބިލާމެދު ޑިމޮކްރެޓްސް ކަންބޮޑުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލާ މެދު ޑިމޮކްރެޓްސްއިން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.
Advertisement

މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް ސުޕްރީމް ކޯޓު ބަދަލުކުރާނެ ކަމުގެ ތުހުމަތު ކުރެވެމުން ދިޔަ ނަމަވެސް، ސަރުކާރުން އެކަމަށް އިންކާރުކުރުމަށްފަހު، ކުއްލި ގޮތަކަށް މި ބިލު ހުށަހެޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކިކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި އޭގެ ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން ގޮތެއް ނިންމަންޖެހެއެވެ.

ޑިމޮކްރެޓްސްއިން ފާހަގަކުރި ގޮތުގައި މިއީ "ކޯޓް ޕެކިން" ގެ އަމަލެކެވެ. އަދި މިފަދަ އަމަލުތަކަކީ މަތީ ކޯޓުތަކުގެ ކޮންޓްރޯލް ހޯދުމަށް ސިޔާސީ ބާރުވެރިކަމުގެ ދަށުން ސަރުކާރުތަކުން އާންމުކޮށް ކުރާ ކަމެއް ކަމަށް އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

މި ބިލު ހުށަހެޅިފައި މިވަނީ ސުޕްރީމް ކޯޓުގައި ގާނޫނުއަސާސީގެ އިސްލާހެއްގެ މައްސަލަ ބަލަމުންދަނިކޮށެވެ. އެހެންކަމުން، ޑިމޮކްރެޓްސްއިން ވަނީ ސުޕްރީމް ކޯޓު ކުޑަކުރުމުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް