
މިއަހަރުގެ އަނބު މޫސުމާއި އެކު މިދުވަސްވަރު މާލޭގެ ބާޒާރު އޮތީ ދޮން އަނބުން ފުރިފަައެވެ.
އެގްރިކަލްޗަރު މިނިސްޓްރީން ބުނީ ދޮން އަނބު ފަނިވެފައި އޮންނަނީ ރޯދަ މަހު އެންމެ މަގޫބުލު ފަންޏަށްކަމަށެވެ. އެހެންކަމުން ރޯދަމަހު ރޯދަމަހުގެ ކުރިން އަނބުތައް ތާޒާވެ ދޮންވެ ފައްކާވެފައިވާތީ އަނބުތައްރައްކާ ކުރަން އެގްރިކަލްޗަރު މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އެކަން ކުރެވިދާނެ ގޮތްތައްވެސް އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ކިޔާދީފައެވެ. އެގޮތުން އަނބުތައް ގިނަ ދުވަހު ބޭނުންކުރަން މޮޅު އުކުޅެއް ބޭނުން ކުރަންޖެހޭކަމަށް ބުނެ އެކަން ކުރަންވީ ގޮތް ވަނީ ކިޔާދީފައެވެ.
ރާއްޖޭގެ އެކި ހިސާބުން އަނބުތައް ގެނެސް މާލޭގެ ބާޒާރުގައި އަނބު ތިޔާގިވިނަމަވެސް އަނބު ލިބެން ހިރި އަގު ހެވެއް ނޫނެނެވެ. ބާޒާރުގައި އަނބުގެ އަގު ހުރީ, 5 ރުފިޔާއިން މަތީގައެވެ. ކިރައިގެން އަނބު ކިލޯއެއް ވިއްކަމުން އަންނަނީ 120 ރުފިޔާއަށެވެ. ބައިބަޔަށް އަޅާ ބައެއް 100 ރުފިޔާގެ މަގުންވެސް ބައެއް މީހުން ވިއްކަމުން އާދައެވެ. މިގޮތުން އަޅާފައި ހުންނަ ބައިތަކުގައި 15 އަނބު ނޫނީ 10 އަނބު ހުންނަ ބައިތައްވެސް ހުރެއެވެ.