
މަޖިލިސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން މަޖިލީހުގައި މަޝްވަރާ ފަށައިފި
ގުފްތަގް އަޖީރު
25 ފެބްރުއަރީ 2025 - 12:41:01
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަޝްވަރާތައް މިއަދު ރައްޔިތުންގެ މަޖިލީހުގައި ފަށައިފި އެވެ.
މި ބިލު ހުށަހަޅާފައިވަނީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
މި ބިލުގައި ހުށަހަޅާފައިވާ މައިގަނޑު ބަދަލަކީ މިހާރު ސުޕްރީމް ކޯޓުގައި ތިބި ހަތް ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމެވެ. އަދި އުއްތަމަ ފަނޑިޔާރާއެކު ޖުމުލަ ފަސް ފަނޑިޔާރުން ތިބުމަށް ހުށަހަޅާފައިވެ އެވެ.
އާ ބިލުގައިވާ ގޮތުން ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެ ފަނޑިޔާރަކު ގާބިލު ނޫން ކަމަށް ކަނޑައަޅައި، މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކިކުރަން ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ ނަންތައް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް