ads
ޑިމޮކްރެޓްސްގެ އިސްވެރިން
ސަރުކާރުން ސުޕްރީމް ކޯޓަށް ބިރުދައްކަނީ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި
ސަރުކާރުން ސުޕްރީމް ކޯޓަށް ބިރުދައްކާ، ޖުޑިޝަރީގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރަމުންދާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
Advertisement

މި ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑް ކޮށް، ކޯޓުގެ ހިންގުން ހުއްޓުވާލާފައިވަނީ ސަރުކާރުން އެ މުއައްސަސާއަށް ބިރުދެއްކުމުގެ ގޮތުން ކަމަށެވެ. 

މި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ދަ ޑިމޮކްރެޓްސް އިން ފާހަގަކޮށްފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އާދަޔާ ހިލާފު އިޖުރާއަތްތަކަކުން ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނެއް ކުއްލި ގޮތަކަށް ފާސްކޮށްފައެވެ. 

އެ ގާނޫނު ފާސްކުރުމަށްފަހު، ފަނޑިޔާރުންގެ އަދަދު މަދުކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ މި ތިން ފަނޑިޔާރުންގެ މައްސަލަ ބަލަން ފަށާފައެވެ.

މި ހުރިހާ ކަމަކީ ސަރުކާރުން ރާވައިގެން، ޖުޑިޝަރީގެ މިނިވަންކަން ނަގާލުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ދަ ޑިމޮކްރެޓްސް އިން ދެކޭ ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް