މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ލޯބިވާފަރާތްތަކުގެ ހާލުބެލުމަށާއި، މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ހިދުމަތެކެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ހިދުމަތުގެ ދަށުން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ކޮންމެ ކަސްޓަމަރަކަށްވެސް ލިބިގެންދާނެ އެވެ. މި ހިލޭ މިނިޓުތައް ހޯދުމަށް *225# އަށް ޑައިލްކޮށްގެން އެކްޓިވޭޓް ކުރެވޭނެއެވެ.
މި ހިދުމަތުގެ ދަށުން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ގޮތުން #225* އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް މާދަމާގެ ނިޔަލަށް އެކްޓިވޭޓްކުރެވޭނެ ކަމަށާއި އެކްޓިވޭޓްކުރުމަށްފަހު ހަތް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގުން ދަނީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އާއިލާއާއި ލޯބިވާފަރާތްތަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދެމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;