ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް އެ މިނިސްޓްރީން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.
ފިނޭންސުން ބުނީ މިއީ، އިގުތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިގްތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ލިބޭ ބާރަކަށް ވެގެންދާނެ ކަމަށެވެ.
ތެޔޮ ސަޕްލައި ކަށަވަރުކުރުމުގެ ކަންކަން ފިނޭންސުން ކުރަމުން އަންނައިރު، ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ސަޕްލައި ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ދަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.
ރައީސް މުހައްމަދު މުއިއްޒު ވަނީ ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ދަތިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން ގުޅިގެން މަސައްކަތް ކުރަން ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ.
ވައިގެ ހަމަލާތަކާ އެކު، މެދުއިރުމަތީގެ ގިނަ ގައުމުތަކުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދިގު ދެމިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;