ads
މީޓަރުގެ ރީޑިންގް ނެގުން:-
ސްޓެލްކޯގެ 350 މުވައްޒަފުން އެއްފަހަރާ ރީޑިން ނަގަން ނިކުންނަނީ
ކަރަންޓު ބިލުގެ ރީޑިން ނެގުމަށް ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ މަސައްކަތަށް ނިކުންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސަލީމް ވިދާޅުވީ މާލެ އާއި ރާއްޖެތެރޭގެ ރަށްތަކުގައި މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރަނީ ސަރުކާރުން ކަރަންޓުގެ ރޭޓަށް ގެންނަ ބަދަލާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއިން މިފަދަ މަސައްކަތެއް އެންމެ ފަހުން ކުރީ 2015 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިގޮތަށް އެއްދުވަހުން ރީޑިން ނަގާފައި ނުވާއިރު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައިކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓު ބިލުގެ ޑިސްކައުންޓު ދިނުމުގައި ބަލާނީ މިދިޔަ އެއް އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށެވެ. މިގޮތުން ހުރިހާ ގޭބިސީއަކަށްވެސް މަދުވެގެން 10 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

ސްޓެލްކޯއިން އެދެނީ މާދަމާ ރީޑިން ނެގުމުގެ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ދިނުމަށެވެ. ގޭގައި ގިނަ ވަގުތު ނޫޅޭ މީހުން ގޭގައި އުޅޭނެ ވަގުތު ސްޓެލްކޯއަށް އެންގުމުން އެ ވަގުތެއްގައި ރީޑިން ނަގަން ދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް