ads
އިމިގްރޭޝަނުން ބިދޭސީއެއްގަ މައުލޫމާތު ޗެކްކުރަނީ
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ނޯތު ހާބަރުގައި ހާއްސަ ހަރަކާތެއް
ހޯމް މިނިސްޓްރީން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ނޯތު ހާބަރު ސަރަހައްދުގައި ފަށައިފިއެވެ.
Advertisement

ހޯމް މިނިސްޓްރީން މިއަދު ބުނީ މި ހަރަކާތް ކުރިއަށްދާނީ މެންދުރުފަހު 2 އިން ރޭގަނޑު 10 އާ ހަމައަށް ކަމަށެވެ. އަދި މި ހަރަކާތް އަމާޒުކުރެވިފައިވަނީ ނޯތު ހާބަރު ސަރަހައްދާއި، ލޯކަލް މާރުކޭޓް އަދި އަތޮޅު ފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މި ހަރަކާތް ކުރިއަށްދަނީ ނޯތު ހާބަރުގައި ހުންނަ ދަ ޝޮޓް ހާބަރ ރެސްޓޯރަންޓް ސަރަހައްދުގައެވެ. އަދި މި ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން މި ހަރަކާތުގައި ބައިވެރިކުރުމަށް ވަޒީފާދޭ މީހުންނަށް އަންގާފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ މެއި 2 ގައި ފެށި އޮޕަރޭޝަން ކުރަނގީގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި އޮޕަރޭޝަންގެ މަގުސަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމެވެ.

މި ހަރަކާތުގެ ފުރަތަމަ މަރުހަލާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެ މީހުން ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް