ފުލުހުން ބުނީ ގއ. ގެމަނަފުށިން އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ކައުންސިލުގެ ހުއްދަ ނެތި ސިއްރުން ޑިންގީއެއްގައި ގއ. ކޮނޑޭއަށް ދިޔަ މައްސަލަ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.
އެމީހާ ވަނީ ކޮނޑޭއަށް ގޮސް، އެ ރަށު ކައުންސިލްގެ ހުއްދަ ނެތި ފުއްޓަރު ފަރާތުން ރަށަށް ކައިރިކޮށް ސިއްރުން އެރަށަށް އަރާފަ އެވެ.
ފުލުހުން ވަނީ އެ މީހާ ހައްޔަރު ކުރުމަށް ފަހު މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ.
ފުލުހުން އެދިފައި ވަނީ ހުރިހާ ބޭފުޅުން ވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ އެއްގޮތަށް މި ދަނޑިވަޅުގައި އަމަލު ކުރެއްވުމަށެވެ.