ads
ބުކިންކޮމާއެކު އެމްއެމްޕީއާރުސީން ތާރީހީ އެއްބަސްވުމެއްގައި ސޮއިކުރުން
ބުކިންކޮމާއެކު އެމްއެމްޕީއާރުސީން އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޓްރެވަލް އޭޖެންސީ ބުކިންކޮމާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގެ ދަށުން ބުކިންކޮމްގެ ބައިނަލްއަގްވާމީ ވަސީލަތްތަކާއި މާކެޓިން ތަޖުރިބާގެ ބޭނުން ހިފައި، ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ދުނިޔޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ދެ ފަރާތް ގުޅިގެން ހިންގާ ހަރަކާތްތަކާއި ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް ހާއްސަ ފްރޭމްވޯކެއް އެކުލަވާލާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި ބުކިންކޮމްގެ ފުޅާ ނެޓްވޯކާއި ޑިޖިޓަލް މާކެޓިންގެ ބޭނުން ހިފައިގެން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުކުރެވޭނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ބުކިންކޮމްގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، މާކެޓިން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމާއި، ޓްރެވަލް ޓްރެންޑް އިންސައިޓްސް ހިއްސާކުރުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް