ads
ބަންގި މުބާރާތުގެ އެއްވަނަ ހޯދި ސުލައިމް މުހައްމަދު ލަތީފް
ބަންގި މުބާރާތުން އެއްވަނަ ޝެއިހް ލަތީފް ދަރިކަލުން ސުލެއިމަށް
އިސްލާމިކް މިނިސްޓްރީން ބޭއްވި "ނޫރުލް އަޒާން 1446″ ބަންގި މުބާރާތުގެ އެއްވަނަ ސުލައިމް މުހައްމަދު ލަތީފް ހާސިލްކޮށްފިއެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން އަލަށް ބޭއްވި މި މުބާރާތުން އެއްވަނަ ހާސިލުކުރި ސުލައިމް އަކީ އިސްލާމީ މަރުކަޒުގެ އިސްމާމެއްގެ ގޮތުގައި ހުންނެވި ޝައިހް މުހައްމަދު ލަތީފްގެ ބޭފުޅެކެވެ. 

ބަންގި މުބާރާތުން ސުލައިމް އެއްވަނަ ހޯދިއިރު މިހާރުވެސް އޭނާ އަންނަނީ ބައެއް ނަމާދުތަކުގައި އިސްލާމީ މަރުކަޒުގައި ބަންގި ގޮވަމުންނެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ ބަންގި މުބާރާތުގެ ފައިނަލް ރައުންޑް އޮތީ މިރޭކަމަށެވެ. މި ރައުންޑުގައި 6 ބައިވެރިއަކު ވާދަކުރިއިރު، ބައިވެރިންނަށް ހަވާލުކުރީ ހިޖާޒް ރާގަށް ބަންގިއާއި ޤަމަތް ދިނުމެވެ.

މުބާރާތުގެ އެއްވަނަ ހޯދި ސުލައިމް މުހައްމަދު ލަތީފަށް ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން ހާއްސަ އިނާމުތަކެއްގެ ގޮތުގައި 75 އިންޗީގެ ޓީވީއަކާއި، ދިގުފަރު އައިލެންޑް ރިޒޯޓުގެ ސްޓޭއަކާއި، އެސްޓީއޯގެ ހާއްސަ އިނާމެއްވެސް ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

މި މުބާރާތުގެ ދެވަނަ ހޯދީ ހަމްޒާ ބިން ހަސަންއެވެ. އަދި ތިންވަނަ ލިބުނީ މުހައްމަދު ހަނޫން ހުސައިންއެވެ. މުބާރާތުގެ ގަދަ ހައެއްގައި ވާދަކުރި ހުރިހާ ބައިވެރިންނަށް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމާއި ހާއްސަ އިނާމުތަކެއް ވަނީ ދީފައެވެ. 

މި މުބާރާތުން ވަނަތައް ހޯދި ބައިވެރިންނަށް މި ރޯދަމަހު މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް