ads
ސުޖާއު--
އެމްޑީޕީގެ އިގްތިސާދީ ސިޔާސަތުތަކަށް ޝުޖާއު ފާޑުކިޔައިފި
ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު އެމްޑީޕީގެ އިގްތިސާދީ ސިޔާސަތުތަކާމެދު ވަރަށް ބޮޑަށް ވިދާޅުވެއްޖެއެވެ.
Advertisement

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ޓްވީޓަކަށް ޖަވާބު ދެއްވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ގައުމު ވަނީ ނޭވާނުލެވޭ ވަރަށް ދަރަނިވެރިވެފައި ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތައްވެސް ވަނީ ދަރަނިވެރިވެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ހެޔޮވެރިކަމުގެ "ފޮތް ހުޅުވާލުމުން ފެންނަން ހުރީ ހަމައެކަނި ދަރަނި،" ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން މިކަންކަން ހައްލުކޮށް، ސުލްހަ ގާއިމްކުރަމުންދާތީ، އިދިކޮޅު މީހުންނަށް މިކަން ހަޖަމު ނުކުރެވިގެން އުޅޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ފެންނަމުންދާތީ، އިދިކޮޅު މީހުން ބޭނުންވަނީ ގައުމުގައި ހަމަނުޖެހުން އުފައްދަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ މިހާރުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ޓޫރިޒަމް ފިޔަވައި ގިނަ އިގްތިސާދީ ދާއިރާތައް ވަނީ ހުއްޓިފައި ކަމަށެވެ. އަދި ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވި، ގިނަ ކުންފުނިތައް އަޑިއަށް ހިނގައްޖެ ކަމަށްވެސް ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް