އަންނަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އޮލިމްޕަސް ސްކީނުގައި ރިލީޒްކުރާ މި ފިލްމުގެ، ޕޯސްޓަރާއި ޓީޒާ ނެރުނީ ބުދަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން ޑިޒައިނަރު ކޮޕީ އިއްސެ ސީއެންއެމްއާ ވާހަކަ ދައްކަމުން ބުނީ، މޫމިން ފުވާދުގެ ފިލްމެއް ނުނިކުންނަތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި، އެހެންކަމުން އަނެއްކާވެސް މޫމިންގެ ފިލްމެއް ބަލައިލުމުގެ ފުރުސަތު މިހާރު ލިބިފައިވާކަމަށެވެ.
އަބަދައްގެ ޕޯސްޓަރު ރިލީޒްކުރުން: ފޮޓޯ ސީއެންއެމް
ފިލްމުގެ ޑައިރެކްޓަރު އަދި ފިލްމުގެ ސްރިޕްޓު ލިޔުނު މޫނިން ފުވާދު ބުނީ އަބަދުވެސް ފިލްމު ހަދަނީ ސޯޝަލް މައްސަލަތަކަށް ކަމަށާއި، މި ފަހަރު ވެސް މިއީ އެކަހަލަ ކަމަކަމަށް ހަދާފައިވާ ފިލްމެއްކަމަށެވެ.
މި ފިލްމުގައި ވަރަށް ސަޅި ރޯލަކުން މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ފެންނައިރު، ފިލްމުން ވާޝިޔާ، ޝާރިފް، ސޫޒަން ފަދަ މަގުބޫލު ތަރިން ވެސް ފެންނާނެއެވެ. އަދި ކޮޕީ އިއްސެ ވެސް ހާއްސަ ރޯލަކުން މި ފިލްމުގައި ފެނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;