
އެޗްޑީސީން ދަނީ ކ.ތިލަފުށީގެ ލޮޓު ނަންބަރު 30230ގެ ފަޅުތެރެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް ނަގައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު،، ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއްގެ ވެރިފަރާތް ވާނަމަ ކުންފުނީގެ ހޮޓްލައިން 1415 އަށް ގުޅުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ.
އޭގެއިތުރުން މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އުޅަނދެއްގެ ވެރިފަރާތުން އުޅަނދު ނެގުމަށް އެޗްޑީސީން އެދެއެވެ. އަދި އެ މުއްދަތު ތެރޭގައި، އުޅަނދުތައް ނަގާފައި ނުވާނަމަ ، ވެރިފަރާތުން ބޭނުންނެތިގެން ދޫކޮށްލާފައިވާ އުޅަނދުތަކެއް ކަމުގައި ބަލާ އެޗްޑީސީން ކަނޑައަޅާ ގޮތެއްގެ މަތިން އުޅަނދުތަކާ މެދު އަމަލުކުރެވޭނެ ކަމަށްވެސް އެ ކޯޕޮރޭޝަނުން ބުނެއެވެ.
އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން މި ކޯޕޮރޭޝަންއަށް ދެއއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.