އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އިން ކުރިއަށް ގެންދާ މި މަޝްރޫއަކީ ރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ މުހިންމު މަޝްރޫއެކެވެ. މި މައިޒާން ތަރައްގީ ކުރުމުގެ މަގްސަދަކީ ރަށުގެ އަންހެނުންނަށް މުނިފޫހިފިލުވުމަށް ހާއްސަ ތަނެއް ގާއިމުކުރުމެވެ.
މެޑަމް ސާޖިދާ އިހަވަންދޫއަށް ކުރެއްވި މި ދަތުރުފުޅުގައި އާމިނާދިޔޯ ސިއްހީ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ވެސް ފައްޓަވައިދެއްވިއެވެ. އަދި އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމުތައް ބައްލަވައިލެއްވިއެވެ.
މި ދެ މަޝްރޫއަކީ އިހަވަންދޫގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނަށް ވަރަށް މުހިންމު ދެ މަޝްރޫއު ކަމަށް ރަށު ކައުންސިލުން ބުނެއެވެ.