ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް އަންނަނީ ވާރޭ ވެހުމުންނެވެ. ވެރިރަށް މާލެއަށްވެސް މިއަދު މެންދުރުން ފެށިގެން ހުއްޓާ ނުލާ އަންނަނީ ވާރޭ ވެހެމުންނެވެ.