އެމްއެންޑީއެފްއިން ބުނީ ކަރާ ހިފައިގެން ދަތުރުކުރި އެ ޑިންގީ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދުގެ އިރުއޮއްސި 6:12 ހާއިރު ކަމަށެވެ.
އެ ޑިންގީގައި ދަތުރު ކުރަމުން ދިޔައީ ދެ ދިވެހިންނާއި ބިދޭސީއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހުން ދަތުރު ކުރަމުންދިޔަ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.
މި ޑިންގީ ސަލާމަތުން ދެއްވަދޫއަށް ވަދެއްޖެ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވާކަން ހާމަކުރެއްވީ މިރޭ 22:34 ގައެވެ.