
މިއަހަރު މާލޭގައި އަށް އިހްޔާ ފޯރަމް އޮންނާނެކަމަށާއި ފޯރަމްތައް އޮންނާނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ މާދަމާރެއެވެ. މި ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން" މި މައުލޫއަށް ތަޤުރީރު ކުރާނީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މީގެ އިތުރުން ދެން ބާއްވާ އިހްޔާ ފޯރަމްތަކުގައި ތަޤުރީރު ކުރާނީ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން، ޝައިހް އަހްމަދު ސަމީރު އިބްރާހީމް ހުސައިން، ޝައިޚް މުހައްމަދު ޤުބާދު އަބޫބަކުރު، ޝައިޚް މުހައްމަދު ލަތީފާއި، ޑރ. މޫސާ އަންވަރު ހަސަން، ޑރ. އަނާރާ ނަޢީމުގެ އިތުރުން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.
މިއަހަރުވެސް ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ދަރިވަރުންގެ އިހްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގައެވެ.
މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އެކި އިނާމުތައް ދޭގޮތަށް ވަނީ ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.