ads
ކުޑަގިރި ފަޅަށް ފައްތާ ބޯޓްތައް. މީ އެއާ މޯލްޑިވްސް އިން ކުރިން ބޭނުންކުރި މަތިންދާބޯޓްތައް
ކުޑަގިރި ފަޅަށް ދެ މަތިންދާބޯޓު ފެއްތުމުގެ މަސައްކަތް ފަށައިފި
އާ ޑައިވް ރެކް ސައިޓެއް ތަރައްގީ ކުރުމަށް، ކުޑަގިރި ފަޅަށް ދެ މަތިންދާބޯޓު ފައްތަން ނިންމައިފިއެވެ.
Advertisement

މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްއެމްޕީއާރްސީ، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެންނެވެ.

ފަޅުގައި ފައްތާ ދެ މަތިންދާބޯޓަކީ ކުރިން އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ މަތިންދާބޯޓެވެ. މިހާރު އެމްޓީސީސީގެ ބާޖެއްގައި އެ ދެ މަތިންދާބޯޓު ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މަތިންދާބޯޓު ގެންގުޅުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ތެރޭގައި މީހުންނަށް ސިއްހީ އަދި ޖިސްމާނީ ނުރައްކާ ކުރިމަތިވެދާނެއެވެ. އެހެންކަމުން މަސައްކަތުގައި ބައިވެރިވާ މީހުންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރުމުގެ އުސޫލުތައް ކިޔައިދީ ތަމްރީނު ކުރަން ޖެހޭނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ނިމިދިޔަ ސަރުކާރުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދަތުރުދިއުމަށް ތަރައްގީކޮށްފައިވާ ކުޑަގިރީގައި މިހާރު ވަނީ ޒަމާނީ ފެންވަރުގެ ވަސީލަތްގާއިމްކޮށްފައިކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ޕިކްނިކް އައިލެންޑްގައި ދަތުރުވެރިން ތިބޭނެ ކޮޓަރިތައްވެސް ހުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް