ފުލުހުން ބުނީ ނަމާދު ވަގުތުގެ 10 މިނެޓު ކުރިން ފެށިގެން، ނަމާދުކޮށް ނިމި އެ ސަރަހައްދު ހަމައަކަށް އެޅެންދެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން މަނާ ކުރާނެ ކަމަށެވެ. އަދި މިސްކިތަށް ދާ މީހުން ވީވަރަކުން ހިނގާފައި ދިއުމަށް އިރުޝާދު ދީފައިވެއެވެ.
ފުލުހުން ބުނީ ސައިކަލުގައި މިސްކިތަށް ދާނަމަ، ރަނގަޅު ޒޯނެއްގައި ޕާކުކުރުމަށާއި އެހެން މީހުންނަށް ދަތިނުވާނެ ގޮތަށް ޕާކުކުރުމަށް ސަމާލުކަން ދިނުމަށެވެ.
ފުލުހުން އިތުރަށް ބުނީ މާލޭގެ އެކި ސަރަހައްދުތަކުން ގިނަ ދުވަސްތަކެއް ވަންދެން ޕާކު ކޮށްފައި ހުރި 433 ސައިކަލް އަދި ހަތަރު ފުރޮޅުލީ 33 ވެހިކަލް މިހާރު ވަނީ ނަގާފައި ކަމަށެވެ. އަދި ޓްރެފިކް ނިޝާންތައް ނެތް ތަންތަނުގައި އަލުން ރޮނގު ކުރަހާފައިވާ ކަމަށްވެސް ބުންޏެވެ.