އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ދަނީ ކުރަމުންކަމަށެވެ. އެގޮތުން މާލޭގެ 3 ސަރަހައްދެއްގައި ފެން ހިންދުމުގެ މަސަައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފް ބުނެއެވެ.
ފެން ހިންދަމުންދާ ސަރަހައްދުތައް
- އައިޖީއެމްއެޗް
- ވެސްޓްޕާކް
ـ މާފަންނު ފެރީ ޓާމިނަލް
ފެން ހިންދުމުގެ އިތުރުން ވެލިބަސްތާ ޖެހުމާއި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.