ads
ލޯކަލް މާކޭޓު ފޮޓޯ: އައި ސްޓޮކް ފޮޓޯ
ދޮންކޭލާއި ކާށި ލިބުން މިވަގުތު ދަތި: ވިޔަފާރިވެރިން
ދޮންކޭލާއި ކާށި މާކޭޓުގައި އެހެން ބާވަތްތަކަާ އަޅާ ބަލާއިރު މަދު ކަމަށް ފާހަގަކުރެވުނު އިރު ބައެއް ވިޔަފާރިވެރިން ބުނީ އެތަކެތި ލިބުން މިވަގުތު ދަތިކަމަށެވެ.
Advertisement

ދޮންކޭލާއި ކާށި މާކެޓުގައި ފެނުނު މިންވަރު މަދުނަމަވެސް ގިނަ ބާވަތްތައް ބާޒާރުމަތީ ފެންނަނީ ވަަރަށް ތިޔާގިކޮށެވެ. 

ބާޒާރުމަތީ އަނބު ކިލޯއެއް އުޅެނީ 95 ރުފިޔާ އާއި 120 ރުފިޔާއާއި ދެމެދު އެވެ. އެގޮތުން އެންމެ ގިނަިއިން އަންބު ގެންނަނީ ފުވައްމުލަކުން ކަމަށް ވިޔަފާރިވެރިން މައުލޫމާތުދެ އެވެ.

ކުއްޅަފިލާ ފަތް ބޮނޑިއެއް 15 ރުފިޔާގައި އުޅޭއިރު އެންމެ ގިނަިއން ކުއްޅަފިލާ ފަތުގެ ޝިޕްމަންޓްތައް ގެންނަނީ ތޮއްޑޫއިންކަމަށް ވިޔަފާރިވެރިން ފާހަގަކުރެ އެވެ.

މާކެޓަށް ފެޝަން ފްރުޓް ގެނެސްފައިވަނީ ލަންކާއިންނެވެ. އެގޮތުން ފެޝަން ފްރުޓް ކިލޯއެއްގެ އަގަކީ 120 ރުފިޔާއެވެ. އަދި ކިއުކަމްބާ ކިލޯއެއް 45 ރުފިޔާގައި ހުރިއިރު ކިއުކަންބާ އެންމެ ގިނައިން ގެންނަނީ  ފޯކައިދޫ އިން ކަމަށް ވިޔަފާރިން ބުނެ އެވެ.

އޭގެއިތުރުން މާކެޓުގައި ކުރުންބާ އުޅެނީ 40 އަށް، 45 ރުފިޔާއަށް، އަދި 50 ރުފިޔާ ގައެވެ. ކުރުނބާ ޝިޕްމަންޓްތައް އެންމެ ގިނައިން ގެންނަނީ ކާށިދޫއިން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް