މެޓް އޮފީހުގެ ހިސާބުތަކުން ދައްކާގޮތުން އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަތޮޅު ދިއްފުށްޓަށެވެ. އެ ރަށަށްވަނީ 296.1 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މީ ރިކޯޑް އަދަދެކެވެ.
މީގެ ކުރިން އެންމެ ބޯކޮށް އެއްދުވަހެއްގެ ތެރޭގައި ވާރޭ ވެހިފައި ވަނީ ހއ.ކެލާއަށެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ރަށަށްވަނީ 231.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
އިއްޔެ ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުމާލެއަށެވެ. ހުޅުމާލެއަށް ވަނީ 185.2 މިލިމީޓަރުގެ ވާރޭވެހިފައެވެ. ފ ނިލަންދޫއަށް ވަނީ 178.2 މިލިމީޓަރުގެ ވާރޭވެހިފައެވެ. ވެރިރަށް މާލެއަށްވެސް އިއްޔެ ވަނީ ހުއްޓާނުލާ އެތައް އިރެއްވަންދެން ވާރޭ ވެހިފައެވެ.