
ބޭނުންވާ ތަކެތި:
1 ޕެކެޓް ފުލްކުރީމް މިލްކް
1 ބޮޑު ޗޮކްލެޓް ( ގާނާފައި )
2 ސައި ސަމުސާ ބަޓަރު
2 ބިސް
2 މޭޒުމަތީ ސަމުސާ ކޯންފުލާ
1 ޕެކެޓް މާރީ ބިސްކޯދު
1 ދަޅު ގެރިކިރު
މެގްނަމް ޕުޑިން ތައްޔާރު ކޮށްލާނެ ގޮތް:
އެންމެ ފުރަތަމަ މިކްސަރަށް ގެރިކިރު، ބިސް، ބަޓަރު އަދި ކޯންފުލާ އަޅާ ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ތެއްޔަކަށް ފުލްކުރީމް މިލްކް ޕެކެޓް އަޅާލުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން ހޫނުވުމުން ކުރިން މިކްސަރުގައި ގިރާލި ބައި، މަޑުމަޑުން އެއްކުރަމުން ރަނގަޅަށް އެއްކޮށްލާށެވެ.
ބޭނުންވާ ވަރަށް އޮލަވުމުން އުނދުންމަތިން ބޭލުމަށްފަހު އެއިން އެއްބައި ޓްރޭއަކަށް އަޅާލާށެވެ. އެއަށްފަހު މާރީ ބިސްކޯދު ލޭޔާއެއް އަތުރާލާށެވެ.
ދެން އަނެއްކާވެސް ބިސްކޯދު ލޭޔަރު މައްޗަށް ބާކީހުރި ކުރީމް ކޮޅު އަޅާލުމަށްފަހު ގާނާފައި ހުރި ޗޮކުލެޓް ކޮޅުމައްޗަށް އަޅާލާށެވެ. ހިހޫވުމުން ފުރިޖަށްލާ އެއް ގަޑި އިރު ބެހެއްޓުމަށްފަހު ނަގާށެވެ.
މިހާ ހިސާބުން މެގްނަމް ޕުޑިން ތައްޔާރުކޮށް ނިމުނީ އެވެ. އާއިލީ ރޯދަވީއްލުމެއްގެ މެނޫ އަށް ހިމަނާލާށެވެ.