
ބޭނުންވާ ތަކެތި:
4 ސަމުސާ ބަޓަރު
1 ދަޅު ގެރި ކިރު
1 ޕެކެޓް ކޮކޯ ޕައުޑަރު
1 ސަމުސާ ވެނީލާ އެސެންސް
ކުޑަ ލޮނު ކޮޅެއް
1 ބޮޑު ޑާކް ޗޮކްލެޓް (ޗޮޕްޑް)
1 ޕެކެޓް ކުދިބިސްކޯދު
ތައްޔާރުކުރާނެގޮތް:
ފުރަތަމަ ބަޓަރު ކޮޅު ތެއްޔަކަށް އަޅާލާފަ އޭތި ކޮޅު މެލްޓްވުމުން ގެރި ކިރު ދަޅު އަޅާފަ އޭގެތެރެއަށް ކޮކޯ ޕައުޑަރު އާ ވެނީލާ އެސެންސް އަދި ލޮނުކޮޅެއް އަޅާލާށެވެ. އަދި މިހުރިހާ އެއްޗެއް އަޅާލާފަ ދެ މިނެޓް ވަރު ކައްކާލާށެވެ. އެއަށް ފަހު ޑާކް ޗޮކްލެޓް ކޮޅު އަޅާ ރަނގަޅަށް މަޑުގިނީގައި ކައްކާލާށެވެ.
އަދި އޭގެ ތެރެއަށް ކުދި ބިސްކޯދުކޮޅު އެއްކޮށްލާފަ ތައްޓަކަށް އަޅާލާފަ ފިނިކޮށްލާށެވެ. މި ހިސާބުން ކުދިބިސްކޯދު ފަޖް ހަދާ ނިމުނީ އެވެ.
މީ މި ރޯދަ މަހު ރޯއްދަވީއްލާ ގަޑި އާ ތަރާވީސް ގަޑީގަވެސް ކާލަން ވަރަން މީރު ފޮނިކާ އެއްޗެކެވެ. މި ޑިޝްއަކީ ލުއިކޮށް ފޮނިކާ ތަކެތި ކާން ބޭނުންވާ ފަރާތްތަކަށް ރޯދަ މަހު ތައްޔާރުކޮށްލަން ރަނގަޅު ޑިޝްއެކެވެ.