މާލެ ސަރަހައްދުގައި ނުހިމެނޭ ރަށެއް ފުރަތަމަ ފަހަރަށް ލޮކްޑައުން ކޮށްފައި ވާއިރު، ހއ. އުލިގަމަށް ދިޔަ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ކުޅުދުއްފުށީ ކޮވިޑް-19 ޓާސްކްފޯހުން އެގޮތަށް ނިންމިއިރު، ޕޮޒިޓިވްވި މީހާ އުލިގަމަށް ފުރީ މިމަހުގެ 15 ދުވަހު ހއ. އިހަވަންދޫގެ ކާވިޔާ ބޯޓުގަ އެވެ.
އެ ބޯޓުން ދަތުރުކުރި މީހުން ފޭބި ރަށްތައް މިހާރު ވަނީ މޮނިޓަރިން ހާލަތުގަ އެވެ. އޭގެ ތެރޭގައި ހަތް ރަށެއް ހިމެނެ އެވެ.
ކުޅުދުއްފުށީގެ ލޮކްޑައުންގައި ވެސް އަމަލު ކުރަމުން ދާނީ މާލޭގައި އަމަލުކުރަމުންދާ ގޮތަށެވެ. އާއްމުން ގެއިން ބޭރަށް ނިކުތުން މަނާއިރު، ރަށަށް އަރައި ފޭބޭނީ ޒަރޫރީ ބޭނުންތަކުގައި ހުއްދަ ހޯދައިގެންނެވެ.