ads
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވަސްވީ މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، އާދިއްތަ ދުވަހު މުއްދަތު ޖެހި މީހަކީ، މއ. ކޫލްއޮއިސިސް އަހްމަދު ރަޝީދުއެވެ. އޭނާގެ އުމުރަކީ، ބަންދު އަމުރު ރިޕޯޓުގައިވާ ގޮތުން 61 އަހަރެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު މުއްދަތު ޖަހާފައިވެއެވެ.

ރޯދަ މަހުގެ ދެވަނަ ދުވަހު، އުމުރުން ދުވަސްވީ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރިއިރު، ރޯދަ މަހުގެ ފުރަތަމަ ދުވަހު، މަސްތުވާތަކެތީގެ މައްސަލަތަކުގައި މާލޭން ހަތް މީހެއްގެ ބަންދާ މެދު ކޯޓުން ގޮތް ނިންމިއެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު، ހަތް މީހަކު މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ކޯޓަށް ހާޒިރުކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންގެވެސް ބަންދަށް ކޯޓުންވަނީ އެކި މުއްދަތުތައް ޖަހާފަ އެވެ. އެކަކުވަނީ ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލާފަ އެވެ.

މަސްތުވަތާތަކެތީގެ މައްސަލަތަކުގައި ރޯދަ މަހުގެ ފުރަތަމަ ދުވަހު ބަންދު މުއްދަތު ޖެހި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 19 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު، ކޯޓަށް ހާޒިރު ކުރި އެކެއްގެ ބަންދު މުއްދަތަށް 30 ދުވަސްވެސް ޖަހާފައިވެ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު ބަންދު މުއްދަތަށް ގެނައި މީހުންގެ ތެރެއިން ތިން މީހަކު ފަސް ދުވަހަށް ބަންދު ކުރިއިރު، އެކަކު 16 ދުވަހަށްވެސް ބަންދު ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް