ads
ގއ.ވިލިގިލި
ރޭސިން ކާރެއް ބައިސްކަލަކަށް އަރައި ދެމީހަކު ހޮސްޕިޓަލްގައި
ގއ. ވިލިނގިލީގައި ލައިސަންސް ނެތް މީހަކު ދުއްވި ރޭސިން ކާރެއް ބައިސްކަލަކާ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
Advertisement

މި ހާދިސާގައި ކާރާއި ބައިސްކަލް ދުއްވި ދެ މީހުންވެސް ވަނީ އަނިޔާވެ، މިވަގުތު ގއ. ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.

ފުލުހުން ބުނެފައިވާގޮތުން މި އެކްސިޑެންޓް ހިނގީ އިއްޔެ ހަވީރު 17:30 ހާއިރުއެވެ. ރަތް ކުލައިގެ ރޭސިން ކާރުން އަލިކަތީބު މަގުން އިރުން ހުޅަނގަށް ދުއްވަމުން ދަނިކޮށް، އޯކިޑު މަގުން އުތުރުން ދެކުނަށް ބައިސްކަލެއްގައި އައި މީހަކާ ޖެހުނީއެވެ.

"މި އެކްސިޑެންޓާ ގުޅިގެން ކާރު ޓޯ ކުރެވިފައިވޭ، އަދި ކާރު ދުއްވަން އިން މީހާ އަތުގައި ލައިސެންސެއް ނެތް،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުގައި ފެންނަނީ ބާރު ސްޕީޑުގައި ދުއްވަމުން އައި ރަތް ކުލައިގެ ރޭސިން ކާރަކާއި، އެއްގަމު މަގުގެ ގޯޅިއަކުން ނިކުންނަ ބައިސްކަލެއްގެ މަންޒަރެވެ. ކާރު ބައިސްކަލާ ޖެހުމާއެކު ބައިސްކަލް ދުއްވި މީހާ ވިއްސާލައިގެން ގޮސް ކާރުގެ ބޮނެޓުގައި ޖެހި، ދެން ކާރާއި ޕޭމަންޓާ ދެމެދަށް ވެއްޓުނެވެ. ކާރު މަޑުކޮށްފައިވަނީ އެހިސާބުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް