
މިއަދު ކަނޑޫދޫ މިރުސް ކިލޯއެއް އުޅެނީ 240 ރުފިޔާގަ އެވެ. އަދި ކަނޑޫދޫ މިރުސް ލިބުމުގައި ދަތިތަކެއް އުޅޭކަން ގިނަ ވިޔަފާރިވެރިން ބުނެެ އެވެ. ރޯދަމަހުގެ ފުރަތަ ދުވަހު ކަނޑޫދޫ މިރުގެ ކިލޯއެއް ލިބުނީ 200 ރުފިޔާއަށެވެ.
ބާޒާރުމަތީ ކާށިދޫއިން ގެންނަ ކާށި ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް އެ ރަށުން ގެންނަ ކިއުކަމްބާ ބާޒާރުމަތީ ވަނީ ގިނަވެފަ އެވެ. ކިއުކަމްބާ ކިލޯއެއް އުޅެނީ 65 ރުފިޔާގަ އެވެ.
ލާމު އަތޮޅުން ގެނެސް ބާޒާރަށް ނެރެފައިވާ ބަށި ފެންނަނީ ވަރަށް ތިޔާގިކޮށެވެ. އެގޮތުން މިއަދު ބަށި ކިލޯއެއްގެ އަގު ހުރީ 65 ރުފިޔާގަ އެވެ.
ބާޒާރުމަތިން ލުނބޯ ފޮޓޯ: ސީއެންއެމް
އޭގެއިތުރުން ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 35 ރުފިޔާ އާއި 45 ރުފިޔާއާ ދެމެދު އެވެ. ވިޔަފާރިވެރިން މައުލޫމާތު ދިން ގޮތުގައި ލުނބޯ ގެނެސްފައި ހުރީ މިސްރު އަދި ބައެއް އެފްރިކާގެ ގައުމުތަކުންނެވެ.
ބާޒާރުގައި މިއަދު ކާށި ލިބެން ހުރި މިންވަރު ބޮޑުތަނުން މަދުވެ ކާއްޓެއްގެ އަގު ވަނީ 40ރ. އަށް އަރައިފަ އެވެ.
މަސް މާރުކޭޓުގައި ކަނޑު މަހާއި ކަންނެލި ކިލޯއެއް ލިބެން ހުރީ 35ރ. އާއި 40ރ. އާ ދެމެދުގަ އެވެ. މުށި މަހުގެ އަގަށް ބަލާއިރު އެންމެ މަހެއް ލިބެން ހުރީ 10ރ. އަށެވެ.