ads
ފޮޓޯ: ދިރާގު
ކަރާ ފަޅައިގެން ސްވިޓްޒަރލޭންޑަށް ދިއުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި
ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގު އެޕު މެދުވެރިކޮށް ކަރާ ފަޅައިގެން ސްވިޓްޒަރލޭންޑަށް ދިއުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
Advertisement

މިއީ، ސްވިޓްޒަރލޭންޑުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަން ފާހަގަކޮށް ދިރާގުން ބުނީ މި އަގުހުރި އިނާމުގެ ނަސީބުވެރި ފަރާތައް ހޮވޭ ކަސްޓަމަރަށް ސްވިޓްޒަރލޭންޑަށް ދިއުމަށް 2 މީހުންގެ ދެކޮޅު ޓިކެޓު ލިބިގެންދާނެ ކަމަށެވެ. އަދި އެ ނަސީބުވެރި ދެ ފަފރާތަށް އެގައުމުގައި 5 ރޭގެ ހުރުން ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

"ހާއްސަ އިނާމު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން ހަދަން ޖެހޭ ގޮތަކީ، ރޯދަ މަހުގެ ކޮންމެ ދުވަހަކު ދިރާގު އެޕްގައިވާ "ރޯދަ އޮފަސް" ބެނާއައް ފިއްތާލުމުން ފެންނަ އެ ދުވަހަކަށް ހާއްސަ ކަރާ ފަޅައިލުން،" ދިރާގުން ބުނެއެވެ.

މީގެ އިތުރުން، ކޮންމެ ދުވަހަކު ދިރާގު އެޕު މެދުވެރިކޮށް ކަރާ ފަޅައިގެން 2 ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު، އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު  ހުޅުވައިލައިފައިވާކަމަށް ދިރާގުން ބުނެއެވެ. އެގޮތުން މި އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަންގް އެސް 25 ފޯން އަދި 1 ޓީބީ ހިލޭ ޑޭޓާ ހިމެނޭ ކަމަށް ދިރާގުން ފާހަގަކުރެއެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް