
ތޫމް އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މަގުބޫލު އެއް ރެސްޓޯރަންޓްއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ތޫމްގައި ހުންނަ ތަފާތު މިރު ކެއުންތަކުން އެތަނަށް ކާން އަންނަ ކަސްޓަމަރުންގެ މޫނުތައްމަތިން އަބަދުވެސް ހިނިތުންވުން ފެނިގެން ދެއެވެ.
"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ތޫމްގެ މެނޭޖަރު އަހުމަދު ވިދާޅުވީ މި ރޯދައަށް ހާއްސަކޮށް، ރޯދަ ވީއްލުމަށް ހާއްސަ މެނޫއެއް ތައްޔާރުކޮށްފައި ވާކަމަށެވެ. އެ ގޮތުން މިއަހަރުގެ މެނޫ ހާއްސަ ވަނީ އަރަބި ކުޒީން އަށްކަމަށްވާއިރު އެ ތަކެތި ތައްޔާރުކުރަންވެސް ހާއްސަ ޝެފެއްވެސް ގެނެސްފައިވާ ކަމަށް ތޫމްގެ މެނޭޖަރު ވިދާޅުވި އެވެ.
ތޫމްގެ ލޭމްބް މަކްލޫބޭ
ރޯދަ ވީއްލުމަށް ތައްޔާރުކުރަނީ ބުފޭ މެނޫއެއް ކަމަށްވާއިރު ކޮންމެ ދުވަހަކުވެސް، ރޯދައިގެ 30 ދުވަސް ނިމެންދެން ތަފާތު އެއްޗެހި ހުންނާނެކަމަށް އޭނާ ވިދާޅުވި އެވެ.
އަރަބި އެކި ގައުމުތަކުގެ ތަފާތު ކެއުންތައް ފެނިގެން ދާއިރު، ފަލަސްތީން، ޖޯޑަން، ސީރިއާ ، ތުރުކީ އަދި ލުބުނާންގެ ކެއުންތައް ތައްޔާރުކުރެވިގެން ދާނެކަމަށް ތޫމް އިން ފާހަގަކުރެ އެވެ. އެގޮތުން ތޫމްގެ ހާއްސަ ޑިޝްތަކުގެ ތެރޭގައި "މެހްޝިޔެހް" "ޖޯޑާން ލޭމްބް"، "މަންސަފް" އަދި "ކިއްބޭހް" ހިމެނެ އެވެ.
މި ހާއްސަ މެނޫ އާއެކު ތޫމްގައި އިންތިޒާމް ކުރާ ބުފޭ އަކީ ކަސްޓަމަރުން ރޯދަ ވީއްލުމަކަށް ހިތްހަމަޖެހޭ ތަނެއްގައި ރަނގަޅު ކެއުމެއް އިހްތިޔާރު ކުރަން ބޭނުންވާ ބޭފުޅުންނަށް ހަމަޖައްސާފައި އޮންނާނެ ބުފޭއެއް ކަމަށް ތޫމް އިން ބުނެ އެވެ. އަދި ބުފޭގެ މެނޫއަކީ އެންމެ ފައިން ޑައިންގެ ލެވެލްގެ މެނޫއެއް ކަަމަށްވެސް އެފަރާތުން ފާހަގަކުރެ އެވެ.
ތޫމް އިފްތާރް ބަފެޓް
އޭގެ އިތުރުން ހާރު ކާން ބޭނުންވާ ބޭފުޅުންނަށްވެސް ތޫމް އަކީ ރަނގަޅު އިހްތިޔާރެއް ކަަމަށް އެ ރެސްޓޯރަންޓްގެ މެނޭޖަރު ވިދާޅުވި އެވެ. ރެސްޓޯރަންޓް 2 ޖަހާއިރު ބަންދުކުރާއިރު 2 ޖަހަންދެން ތަފާތު ކެއުންތައް ލިބެން ހުންނާނެކަމަށާއި، ހާރުކެއުމަށް ޓޭކް އަވޭ ޕެކޭޖްތައްވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ރޯދަ ވިއްލާ ގަޑިއަށް ޑެލިވަރީ، ޓޭކް އަވޭ ވެސް ލިބެން ހުންނައިރު ރޯދަ ވީއްލަން ހާއްސަ ޕެކޭޖްތަކާއި އާއިލާތަަކަށްވެސް އެކަށީގެންވާ ރަނގަޅު ޕެކޭޖްތަކެއް ތޫމް އިން ލިބިގެން ދާނެކަމަށް މެނޭޖަރު ވިދާޅުވި އެވެ.
ތޫމްގައި ރޯދަ ވީއްލުމުގެ ބުކިންތައް މެންދުރު ފަހު 3:00 ޖަހަން ދެން އޮވެ އެވެ. އެގޮތުން ރޯދަ ވީއްލުމުގެ ޕެކޭޖްގެ އަގުތަކަށް ބަލާއިރު ކޮންމެ މީހަކަށް ދާނީ 390 ރުފިޔާ އެވެ. އުމުރުން 5 އަހަރާ 10 އަހަރުގެ ކުދިންނަށް 250 ދައްކަން ޖެހޭއިރު 5 އަހަރުން ދަށުގެ ތުއްތު ކުދިންގެ ކެއުން އެއީ މުޅިން ހިލޭ އެވެ. މިއީ ޖީއެސްޓީ އެންޑް ސާވިސް ޗާޖް ނުލާ އަގުތައް ކަމަށް ތޫމް އިން ބުނެ އެވެ.
އިންޑޯ އަދި އައުޓް ޑޯ ޖާގަތަކާއެކު، ޖުމްލަ 80 މީހުންނަށް އެއްފަހަރާ ހުޅުމާލޭގައި ހުންނަ ތޫމް އިން ޑައިން ކޮށްލެވެ އެވެ.